Get Mystery Box with random crypto!

އަދި މީގެ އަޖައިބުކަން ބޮޑު ހެއްވާ މައްސަލައަކީ لا اله إلا الل | އުންމަތީ Ummathee

އަދި މީގެ އަޖައިބުކަން ބޮޑު ހެއްވާ މައްސަލައަކީ لا اله إلا الله ގައި އެކުލެވޭ ނަފީއާ އިސްބާތާ ބެހޭ ގޮތުން ވާހަކަ ދައްކަނީ ވިއްޔާ އެމީހަކަށް މަލާމާތް ކުރުމެވެ. އަދި ބުނަމީ އަހަރުމެންނަކީ މީސްތަކުންނާއި ބެހި އެމީހުންގެ ވާހަކަތައް ދައްކަން ޒިންމާ އެޅިފައިވާ، އޭގެ ތަކުލީފު ޖައްސަވާފައިވާ ބައެއް ނޫނެވެ. ފަހެ އޭގެ ޖަވާބުގައި ބުނެވެނީ:

ބަލަގަ ކަލެއަކީ ތަޢުޙީދުގެ މާނަ އެނގެން ވާޖިބުކޮށްފައިވާ މުކައްލަފެކެވެ.
އެކަމައްޓަކައި ޖިންނީންނާއި އިންސީން އުފައްދަވާ، އަދި އެ ޝަރަފުވެރި މާތް މަޤުޞަދުގެ ތަޢުފީޤުގައި ހުރިހާ ރަސޫލުން ފޮނުއްވާފައިވާ ޝަރަފުވެރި މަޤުޞަދެވެ. ފަހެ ހުރިހާ ރަސޫލުން ގޮވާލެއްވީ އެ ތަޢުަޙީދު ދެނެގަތުމަށެވެ. އަދި އެ ތަޢުޙީދުގެ އިދިކޮޅުކަމުގައިވާ ޝިރުކު ދެނެގަތުމަށެވެ. އެއީ الله ނުފުއްސަވާނެކަމަށް އަންގަވާފައިވާ އެންމެ ބޮޑު ފާފައެވެ. އަދި މުކައްލަފަކަށް ތަޢުޙީދާއި އޭގެ އިދިކޮޅުކަމުގައިވާ ޝިރުކާއި ދޭތި ނޭނގުމުގެ، ނުދަތުމުގެ ޢުޛުރެއް ނެތެވެ.

އައްޝައިޚް މުހަންމަދު އިބްރާހީމް އަލް ބާބުލްއަވާލީ (رحمه الله)
(މަޞްދަރު: ނަބިއްޔުންގެ ތަރިކަ)


https://t.me/ummathee